ވ. ވަށުގިރީގައި ރިސޯޓެއް ތަރައްޤީ ކުރުމުގެ ބައެއް މަސައްކަތްތައް އެންވާރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާ ހިލާފަށް ކޮށްފައި ވާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަށުގިރި ޕްރައިވެޓް ލިމިޓެޑް 593،750ރ. އިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑްއިން، ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ގަވައިދާ ހިލާފައް ކޮށްފައިވާ ކަމުގައެވެ.
އެހެންކަމުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ރިޢާޔަތްކޮށް ޖުމްލަ 593،750 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާކޮށްފައިވާ ކަމުގައި އީޕީއޭ އިން ހާމަކުރެއެވެ. އަދި މި ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކަން ޖެހޭ ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް