ރެއިން ފެށިގެން ހޯދަމުންދާ ތިން މީހުންނާއި ދޯނި އަދިވެސް ނުފެނޭ!

ރެއިން ފެށިގެން ހޯދަމުންދާ އަލްމާ-5 ދޯންނާއި އޭގެން ދަތުރު ކުރި މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ. އެ ދޯނި ދިޔަވަމުންދާ ކަމަށް ބުނެ ކޯސްޓްގާޑަށް ރިޕޯޓު ކުރީ ރޭ 11...

04 Jan 2022 | 07:22

ރެއިން ފެށިގެން ހޯދަމުންދާ އަލްމާ-5 ދޯންނާއި އޭގެން ދަތުރު ކުރި މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.

އެ ދޯނި ދިޔަވަމުންދާ ކަމަށް ބުނެ ކޯސްޓްގާޑަށް ރިޕޯޓު ކުރީ ރޭ 11:22 ހާއިރު އެވެ. އޭގެ ފަހުން އެ ދޯނީގެ ހަބަރެއް ނުވެ އެވެ.

އޭރު ދޯނު ދަތުރު ކުރަމުން ދިޔައީ ވ. ފުއްސަރު ހުޅަނގު ދެކުނުން ހަތަރު ނޯޓިކަލް މޭލު ދުރުންނެވެ.

އެ ދޯންޏަކީ އެހެން ދޯނި ފަހަރުން ފާނަ ގަނެގެން މާލެ ގެންނަ ދޯންޏެކެވެ. މިފަހަރުވެސް ދަތުރު ކުރަމުންދިޔައީ ފ. ފީއަލީ ކައިރިން ފުރައިގެން މާލެއަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓު ކުރި ސަރަހައްދު ގައި ކޯސްޓުގާޑުގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެކަމަކު މިހާތަނަށް އެއްވެސް ހިލަމެއް ވެފައި ނުވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް