އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗަށް ނެގި ޗެލްސީ ސްކޮޑުން ވެލްޖިއަމް ފޯވާޑް ރޮމެލޫ ލޫކާކޫ ބާކީ ކުރީ އެ ކުލަބުގެ ބައެއް ކުޅުންތެރިންގެ އެދުމުގެ މަތިންކަމަށް ޗެލްސީގެ ކޯޗު ޓީޗޭލްއާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ލިވަޕޫލާއި ދެކޮޅަށް ޗެލްސީން އެކުލަވާލި ސްކޮޑުގައި ލުކާކޫ ނުހިމަނަން ނިންމާފައިވަނީ ޗެލްސީއާއި ކުލަބުވެ ސަޕޯޓަރުންނަށް އަމާޒުކޮށް މީގެ ދެ ހަފުތާ ކުރިން ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކާއި ގުޅިގެންނެވެ.
ޗެލްސީގެ ކޯޗާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލިވަޕޫލް މެޗަށް ޗެލްސީން ނެގި ސްކޮޑުން ލުކާކޫ ބާކީ ކުރީ ކުލަބުގެ ބައެއް ކުޅުންތެރިންގެ އެދުމުގެ މަތިން ކަމަށާއި އެ ކުޅުންތެރިންގެ ތެރޭގައި އެންގޯލޯ ކާންޓޭ އާއި އަޒްޕްލިކުއެޓާ އާއި ޖޯޖީނިއޯގެ އިތުރުން ރޫޑިގާ ހިނެއެވެ. މި ކުޅުންތެރިން ވަނީ ލުކާކޫ ދެއްކި ވާހަކަތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށް އިތުރަށް ކުރިޔަށް އޮތް މެޗުތަކުން ވެސް އޭނާއަށް ފުރުސަތު ނުދިނުމަށް ގޮވާލާފައި ކަމަށް ވެސް ރުޕޯޓުތައް ބުނެއެވެ.
ލުކާކޫގެ އިންޓަވިއު މައްސަލާގައި ޗެލްސީގެ ސަޕޯޓަރުންނާއި ކުލަބުގެ މެނޭޖުމަންޓުގެ އިތުރުން ކުލަބު ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ފާޑުކިޔާފައިވާއިރު، މި އިންޓަވިއު މައްސަލަ އަދިވެސް ކުލަބުން ދަނީ އިތުރަށް ބަލަމުންނެވެ. ލުކާކޫގެ އިންޓަވިއުގައި އޭނާ ވަނީ ޗެލްސީގެ ކޯޗު ޓުޗޭލްގެ ޓެކްޓިކްސް ޕްލޭނާއި މެދު ހިންހަމަ ނުޖެހުން ފާޅުކޮށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައެވެ. އެގޮތުން ޓުޗޭލް ކުލަބުގައި ގެންގުޅޭ ސިސްޓަމަށް އޭނާ ފިޓްނުވާކަމަށާއި އަދިވެސް އެނބުރި ދާން ބޭނުންވަނީ ކުރީގެ ކުލަބު އިންޓަމިލާނަށް ކަމަށް ލުކާކޫ އޭނާގެ އިންޓަވިއުގައި ބުނެފައެވެ.
އިޓަލީގެ އިންޓަ މިލާނުން ޗެލްސީއަށް ލުކާކޫ ބަދަލުވީ މިއަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ އެ ކުލަބުގެ ރެކޯޑް ފީއެއް ކަމުގައިވާ 9705 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިފަހަރުގެ ސީޒަނަށް ޗެލްސީއަށް ބަދަލުވެ އޭނާ މިހާތަނަށް ޗެލްސީއަށް ކުޅެދިން 13 މެޗުގައި ފަސް ގޯލު ވަނީ ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް