އަޑިއަށްދާ ދޯންޏަކާއި އޭގެން ދަތުރު ކުރި މީހުން ހޯދަން ފަށައިފި

ވ. ފުއްސަރު ކައިރިން ދަތުރު ކުރި ދޯންޏެއް އަޑިއަށް ދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިރި އެވެ. އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލ...

04 Jan 2022 | 03:13

ވ. ފުއްސަރު ކައިރިން ދަތުރު ކުރި ދޯންޏެއް އަޑިއަށް ދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިރި އެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ދޯނި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 11:23 ގައި ކަމަށެވެ.

އެ ދޯންޏަކީ ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެވެ.

ދޯނީގައި ތިބީ ތިން މީހުންނެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަމާ-05" ނަމަކަށް ކިޔާ މި ދޯނި ދިޔަވާން ފެށީ ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭނުންނެވެ. އެ ދޯނި މާލެ ދަުރު ކުރަމުންދިޔައީ ފާނަ މަސްވެރިކަން ކުރާ ދޯނި ފަހަރުން ފާނަ ގަނެގެން އެ ހިފައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް