3 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާނެ ބަޔަކު ނުވި!

ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އި...

04 Jan 2022 | 02:51

ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެގޮތުން އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައިވާ ތިން ރަށަކީ ހއ. ތަކަންދޫ، ތ. ވިލިފުށި، އަދި ގއ. ގެމަަނަފުއްޓެވެ.

މިގޮތުން، 21 ޑިސެމްބަރު 2021 ގައި ފުރުސަތު ހުޅުވާލާފައި ތ. ވިލުފުށީ އަދި ހއ. ތަކަންދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށްް އެއްވެސް ފަރާތަކުން ނަން ހުށަހަޅާފައި ނުވާ ކަމުގައި އީސީ އިން ބުނެއެވެ.

މީގެ އިތުރުން، 22 ޑިސެމްބަރު 2021 ގައި ފުރުސަތު ހުޅުވާލާފައިވާ ގއ. ގެމަނަފުށި އަންހެނުންގެ ތަރައްްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް އެއްވެސް ފަރާތަކުން ނަަން ހުށަހަޅާފައި ނުވާ ކަމަށް އީސީ އިން ބުނެއެވެ.

އީސީ އިން ހާމަކޮށްފައިވާ ގޮތުގައި މި 3 ރަށުގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުށަހަޅާފައިވާ މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ.

އެހެންކަމުން އެ ދާއިރާތަކަށް ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކުން މުއްދަތު ހަމަވުމުގެ ކުރިން އީސީ އަށް ފޯމު ހުށަހެޅުމަށް އީސީ އިން އިލްތިމާސްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް