ކޯވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮސިޓިވްވީ 26 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 11 މީހުންނާއި ރިސޯޓުތަކުން 11 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ތިން މީހަކާއި ސަފާރީތަކުން އެކަކެވެ.
މިއަދު ކޯވިޑް-19 އަށް 2،901 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ. އަދި މިހާތަނަށް ރާއްޖޭގައި ކޯވިޑަށް ޓެސްޓު ކުރި ސާމްޕަލްގެ އަދަދު ވަނީ 325،587 އަށް އަރާފައި އެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 634 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 32 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ބައްޔަށް ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއިން މިއަދު 13 މީހަކު ރަނގަޅުވެފައިވެ އެވެ. މިހާތަނަށް ކޯވިޑް ޖެހުނު 13،204 މީހަކު ވަނީ ރަނގަޅުވެފައި އެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 13،893 މީހުންނެވެ. އޭގެ ތެރެއިން 48 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް