ރާއްޖޭގެ ދެކޮޅަށް ޓޫރިޒަމް ގެނައުމަކީ ރައީސް ސޯލިހު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް: ޑރ. މައުސޫމް

ރާއްޖޭގެ ދެކޮޅަށް ޓޫރިޒަމް ގެނައުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާ...

04 Jan 2021 | 14:00

ރާއްޖޭގެ ދެކޮޅަށް ޓޫރިޒަމް ގެނައުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް މާދަމާ ބާއްވާ ރަސްމިއްޔާތަށް އައްޑުސިޓީއަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނެވެ.

ޑރ. މައުސޫމް ވިދާޅުވީ ރައީސް ސާލިހު ބޭނުންފުޅުވަނީ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް ޓޫރިޒަމް ފުޅާކުރަން ކަމަށާއި އޭގެ އެއް ސަބަބަކީ މާލެ ސަރަހައްދު މިހާރު ފުރިފައިވުން ކަމަށެވެ.

"އާ ރަންވޭއެއް ދަމާލިޔަސް، އާ ޓާމިނަލެއް ހެދިޔަސް އެ ސަރަހައްދުގައި ފަހިކޮށް ޓޫރިޒަމް ގެންގުޅެވޭ ވަރަށް ވުރެ ބައިބޯވެއްޖެ. ފަތުރުވެރިކަމުގެ ރަން އަހަރު 2022 ގައި ރާއްޖެއަށް ގެންނަން އަމާޒު ހިފާ ހުރިހާ ޓޫރިސްޓުންނަށް އެ ސަރަހައްދަކަށް ނާދެވޭނެ. ރައީސް ސޯލިހު ބޭނުންފުޅުވަނީ ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނާއި ހިސާބަށް އަންނަ ގޮތަށް ހުރިހާ ހިސާބަށް ފަތުރުވެރިކަން ގެންދަން. އެގޮތުން ފަތުރުވެރިކަމުގެ އެނދުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރަނީ އެ ސަބަބާއި ހުރެ." މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް