ސެވެންޓީސް ޝޯގެ އެކްޓްރެސް ތާންޔާ ރޮބާޓް މަރުވެއްޖެ

މަޝްހޫރު ކޮމެޑީ ޝޯއެއްކަމުގައިވާ ސެވެންޓީސް ޝޯގެ އެކްޓްރެސް ތާންޔާ ރޮބާޓް މަރުވެއްޖެއެވެ. މައުލޫމާތުލިބޭ ގޮތުގައި ތާންޔާ ވަނީ ކްރިސްމަސް އީވްގައި އޭނާގެ ކުއްތާ ގޮވައިގެން ހިނގާލަން ނިކުމެފައެވެ. އަދި ...

04 Jan 2021 | 13:54

މަޝްހޫރު ކޮމެޑީ ޝޯއެއްކަމުގައިވާ ސެވެންޓީސް ޝޯގެ އެކްޓްރެސް ތާންޔާ ރޮބާޓް މަރުވެއްޖެއެވެ.

މައުލޫމާތުލިބޭ ގޮތުގައި ތާންޔާ ވަނީ ކްރިސްމަސް އީވްގައި އޭނާގެ ކުއްތާ ގޮވައިގެން ހިނގާލަން ނިކުމެފައެވެ. އަދި ގެއަށް އައުމަށް ފަހު ކުއްލިއަކަށް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައީއެވެ. ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ތާންޔާވަނީ ވެންޓިލޭޓަ އަށް ލާފައެވެ.

މިދިޔަ އާދިއްތަ ދުވަހު ތާންޔާ މަރުވި އޭނާގެ އުމުރުން 65 އަހަރެވެ.

އެންމެ ފަހުން ތާންޔާ ފެނިފައިވަނީ ޓީވީ ކޮމެޑީ ޝޯއެއް ކަމުގައިވާ ބާބާޝޮޕް އިން 2005 ވަނަ އަހަރުގައެވެ.

ތާންޔާ އެންމެ ފަހުން ކައިވެނި ކޮށްފައިވަނީ ބޭރީ ރޮބާޓް އާއެވެ. ތާންޔާގެ އެއްވެސް ދަރިއެއް މި ކައިވެންޏަށް ލިބިފައިނުވާއިރު ފިރިމީހާވެސް 2006 ވަނަ އަހަރުގައި ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް