ޑރ. އަލީ ޝަފީޤް އިތުރު ތަމްރީން ހޯދުމަށް ރާއްޖެއިންބޭރަށް ފުރާވަޑައިގެންފި އެވެ.
އައިޖީއެމްއެޗުން ބުނީ ޑިރެކްޓަރ އޮފް ނެޝަނަލް ކާޑިއެކް ސެންޓަރ ގެ މަޤާމުގައި ހުންނެވި ސީނިއަރ ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީ ޑރ. އަލީ ޝަފީޤް ވަނީ ފެލޯޝިޕް އިން ފިޒިއޮލޮޖީ ހެއްދެވުމަށް ފުރާވަޑައިގަތީ މިއަދު ކަމަށެވެ.
އެއީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި މުއްދަތުގައި ހިތުގެ ބަލީގެ ޑިޕާޓްމަންޓްގެ ހުރިހާ ހިދުމަތްތަކެއް ކުރިއެކޭވެސް އެއްފަދައިން މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ކަމަަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް