ވަކި ގައުމެއްގެ ރައްޔިތަށް ވީތީ، ތަފާތު ނުކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ކޯލިޝަނުން މިހެން ގޮވާލީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ފައެވެ.
މި ކޮންފަރެންސް ގައި ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށާއި އަންހެނުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކަށަވަރުކޮށް ދިނުމަށް ވެސް ވަނީ ގޮވާލައްވާފަ އެވެ.
ހީނާ ވަލީދު ވިދާޅުވީ އިންޓަރންޝިޕްގައި ރިސޯޓެއްގައި މަސައްކަތްކުރަމުން ދިޔަ 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ވާހަކަ އަޑުއެހީ ވަރަށް ކަންބޮޑުވުމާ އެކީގައި ކަމަށެވެ. އަދި މި އަންހެންކުއްޖާ ރޭޕް ކުރީ އިންޑިއާގެ މީހެއް ކަމަށާއި އެ މީހާ އޭނާގެ ގައުމަށް މިހާރުފުރުވާލާފައިވާ ކަމަށް ވެސް ނޫސްތަކުން މަޢުލޫމާތު ލިބޭ ކަމަށެވެ.
"ފަތުރުވެރިކަމުގެ އިންޑަސްޓްރީއަކީ ވަރަށް ގިނަ ޒުވާނުން، ޚާއްސަކޮށް އަންހެން ކުދިން ވެސް މިހާރު ވަރަށް ގިނައިން ނުކުންނަމުންދާ ދާއިރާއެއް. މިކަހަލަ ހާދިސާއެއް ހިނގައިގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. ޚާއްސަކޮށް ކަނބަލުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ." ހީނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް