ހއ. އިން ދ. އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ހއ. އިން ދ. އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި އެވެ. މެޓް އޮފީހުން މިރޭ 20:15 އާއި ހަމައަށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވ...

04 Jan 2021 | 12:18

ހއ. އިން ދ. އަތޮޅަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން މިރޭ 20:15 އާއި ހަމައަށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް