މަލައިކާގެ ބޯއިފްރެންޑަށް ކައްކައިދިނުމުން ވީގޮތް އެނގޭތަ

ފިރިން ރުއްސަން އަނބިންނަށް ކުރެވެން އޮތް އެންމެ މޮޅު އެއް ކަންތަކަކީ މިރުކޮށް ކެއްކުން ކަމުގައި ދިރާސާތަކުން ދައްކައެވެ. މިފަހަރު މަލައިކާ މިވަނީ އޭނަގެ ބޯއީފްރެންޑަށް ކެއުމެއް ތައްޔާރުކޮށްދީފައެވެ. ...

04 Jan 2021 | 12:16

ފިރިން ރުއްސަން އަނބިންނަށް ކުރެވެން އޮތް އެންމެ މޮޅު އެއް ކަންތަކަކީ މިރުކޮށް ކެއްކުން ކަމުގައި ދިރާސާތަކުން ދައްކައެވެ. މިފަހަރު މަލައިކާ މިވަނީ އޭނަގެ ބޯއީފްރެންޑަށް ކެއުމެއް ތައްޔާރުކޮށްދީފައެވެ.

މަލައިކާ މި ވަނީ އަރުޖުންއަށް މެންދުރުގެ ކެއުމެއް ތައްޔާރުކޮށްފައެވެ. އެގޮތުން ކެއުމުގެ މީރުކަން ހާމަކޮށް އަރުޖުން ވަނީ މަލައިކާ ތައްޔާރުކޮށްދިން ކެއުން އަރުޖުންގެ އިނސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ. އަދި މި ދެމީހުންގެ ފޭނުންގެ ތައުރީފު ބަސްތައް ދަނި މަލައިކާއަށް އޮހެމުންނެވެ.

އަރުޖުންގެ ސްޓޯރީ މަލައިކާވެސް ވަނީ ޝެއަރކޮށް އެކަމާ އުފާވާކަން ފާޅުކޮށްފައެވެ.

ދާދި ފަހުން އައު އަހަރު ފާހަގަކުރުމަށްޓަކައި މަލައިކާގެ ޖޯޑު ވަނީ ބައެއް އާއިލާގެ މެމްބަރުންނާވެސް އެކުގައި ގޯއާއަށް ފުރާފައެވެ.

2019 ގައި މަލައިކާއާއި އަރުޖުން ނިއު ޔޯރކްގައި ހޭދަކުރި ޗުއްޓީއަށްފަހުގައި މި ޖޯޑު ވަނީ މީހުންގެ މަޤުބޫލުކަން ހޯދާފައެވެ. އެގޮތުން މަލައިކާ ވަނީ އޭނާ އަރުޖުންއާއެކު އުމުރަށް ކަރަންޓީންވާން ބޭނުނުވާކަންވެސް ވަރަށް ފަހުން ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް