އެކަޑަމިކް ކަލަންޑަރާއި އެއްގޮތަށް މިމަހު 10 ގައި ސްކޫލްތައް ހުޅުވޭނެ

އެކަޑަމިކް ކަލަންޑަރާއި އެއްގޮތަށް ޖެނުއަރީ 10 ވަނަ ދުވަހު ސްކޫލްތައް ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކިޔ...

04 Jan 2021 | 10:03

އެކަޑަމިކް ކަލަންޑަރާއި އެއްގޮތަށް ޖެނުއަރީ 10 ވަނަ ދުވަހު ސްކޫލްތައް ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކިޔަވައިދޭން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 އަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އާދިއްތަ ދުވަހު ފެށޭނީ 2020-2021 ވަނަ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުން ކަމަށެވެ. މި ޓާމުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޖޫން 24 ވަނަ ދުވަހު ކަމަށް ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ޓާމުގެ ކިޔެވުން ފަށާއިރު ސްކޫލްތަކުގައި އަމަލު ކުރާނެ ގައިޑްލައިނެއް އެކުލަވާލާފައި އެވެ. މި ގައިޑްލައިންގައި ވާގޮތުން ދެ ވަނަ ޓާމުވެސް ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭނީ އެ ސްކޫލެއް ހުންނަ ރަށެއްގެ ކޯވިޑްގެ ހާލަތަށް ބެލުމަށް ފަހު އެވެ.

ސްކޫލަށް ހާޒިރުވާން ނުޖެހޭ ކީސްޓޭޖް ދަރިވަރުންނަށް ޓެލިކިލާހާއި އޮންލައިން ކްލާސްތަކުގައި ބައިވެރިވުން މަޖުބޫރުވާނެ އެވެ. ސްކޫލަށް ހާޒިރުވާ ދަރިވަރުން ވެސް އޮންލައިން ކްލާސްތައް ގެންދާ ނަމަ އޭގައި ބައިވެރިވާންޖެހޭނެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ކިޔެވުން ފަށަން ނިންމާފައިވަނީ ކޮންމެ ދުވަހަކު 4-5 ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ.

ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން ގައިޑްލައިންގައި ކަނޑައަޅާފައިވެ އެވެ. ކީ ސްޓޭޖް 1، 2 އަދި ކީ ސްޓޭޖް 3ގެ ދަރިވަރުންނަށް ހަފުތާއަކު 25 ޕީރިއަޑް ނަގައިދޭން ހަމަޖައްސާފައި ވެ އެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް ތިނަކާ ހަމައަށް އާ ސްކީމެއް ތައްޔާރުކޮށް، މި އަހަރުގެ ފުރަތަމަ ޓާމުގައި ކިޔަވައި ނުދެވި ހުރި ބައިތައް ފުރިހަމަކުރެވޭނެ ގޮތެއް ހަމަޖައްސަން ވަނީ ސްކޫލްތަކަށް އަންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް