ބުރަކަށީގައި ރިއްސާނަމަ މިއޮތީ މުޖައްރިބު ހައްލެއް

ގޭގައި ނުވަތަ އޮފީހުގައި ނަމަވެސް ގިނައިރު ގޮނޑީގައި އިށީންދެނ އިނުމަކީ ވަރަށް ވޭންހުރި ކަމެކެވެ. މިއީ ހަމައެކަނި ބުރަކައްޓަށް ގެއްލުންވާ ކަމެއްވެސް ނޫނެވެ. ގިނައިރު އިށީންދެ އިނުމުގެ ސަބަބުން މައިބަދ...

04 Jan 2021 | 08:41

ގޭގައި ނުވަތަ އޮފީހުގައި ނަމަވެސް ގިނައިރު ގޮނޑީގައި އިށީންދެނ އިނުމަކީ ވަރަށް ވޭންހުރި ކަމެކެވެ. މިއީ ހަމައެކަނި ބުރަކައްޓަށް ގެއްލުންވާ ކަމެއްވެސް ނޫނެވެ. ގިނައިރު އިށީންދެ އިނުމުގެ ސަބަބުން މައިބަދައަށާއި ބުރަކަށިގެ އެހެން ކަށި ތަކަށާއި އަދި ފަޔަށްވެސް ދިގުމުއްދަތަކަށް ގެއްލުންވާ ކަމުގައި ތަފާތު ރިސާޗްތަކުން ދައްކައެވެ. މިފަދަ ތަދުތައް ދިގުލައިގެން ދިޔުމުގެ ސަބަބުން ނުފިލާ ތަދެއްގެ ގޮތުގައި ހަށިގަނޑުގައި ހަރުލާވެސް ބައެއް ފަހަރަށް ހުރެއެވެ. މިފަދަ ތަދުތައް ފިލުވާލަން އެންމެ ރަނގަޅުގޮތްތަކަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ފަތަން ދިޔުން

ފެތުމަކީ ހަށިގަނޑޫގެ މަސްތަކަށާއި އަދި ކަށިތަކަށް އެކަމުން ނުހަނު ފައިދާވާ ކަސްރަތެކެވެ. އެގޮތުން އުނގަނޑުގައި ރިއްސުމަށް ތަޖުރިބާކާރުން ލަފާދެއްވަނީ ބަންޑުން އޮވެ ފެތުމަށެވެ. ބަންޑުން އޮވެ މައްޗާ ވީ ފަރާތަށް ދެފައި ހިއްލައިގެން ކަސްރަތުކުރުމަށެވެ. ދިވެހީންގެ ޢާންމު އުސޫލުންނަމަ ބަންޑުން އޮވެގެން ދެފައިން ބަކަތެޅުމެވެ. މިގޮތަށް ހުއްޓާނުލާ 1 މިނެޓް ކުރިއަށް ގެންދިޔުމުން ފުރަތަމަ ފަހަރު ރަނގަޅުވާނެއެވެ. އަދި މާ ބޮޑަށް ލަހިވެ ބަލިވާނަމަ މަޑުމަޑުންވެސް މި ކަސްރަތުކޮށްލެވިދާނެއެވެ.

އެއް އަތް މައްޗަށް އޮތުން

މި ކަސްރަތު ކުރުމަށްޓަކައި ބަންޑުން ދެފައިގެ އިނގިލިތަކާއި އަތްދަނޑި ޖައްސައިގެން އޮވެވިދާނެއެވެ. އަދި ފަހަރަކު އަތެއް ހިއްލާލައި އަނެއް އަތުގެ ބާރުގައި އޮންނާނީއެވެ. މިގޮތަށް ކަންތަށް ކުރުމުން ބުރަކަށިގެ މަސްތަކަށް ވާންވެ ކަށިތަކަށް އަސަރުކުރުވައެވެ.

ދެފަރާތަށް އަރިއަކަށް ތރިވެލުން

މި ކަސްރަތު ކުރުމަށްޓަކައި ހަށިގަނޑު ބެލެންސް ކުރުމަށްޓަކައި އަތުގައި އެއްޗެއް ބޭންދިދާނެއެވެ. ގޭތެރެއިން ފަސޭހައިން ލިބޭ ފަދަ ކުޑަ ފެންފުޅިއެއްވެސް ބޭއްވިދާނެއެވެ. ނުވަތަ ހުސް އަތާވެސް ކުރެވިދާނެއެވެ. މިގޮތަށް ހަށިގަނޑު ތެދަށް ބަހައްޓައިގެން ކަނާތްފަރާތަށާއި އަދި ވާތް ފަރާތަށް ފަހަރަކު ފަރާތަކަށް އަރިވެލާނީއެވެ. މިގޮތަށް ކޮންމެ ފަރާތަކަށް 10 ފަހަރު އަރިވެލުމުން ފަށާއިރު ފުދޭނެއެވެ.

ހިޕް ރޯލްސް

މި ކަސްރަތު ކުރުމަށްޓަކައި އެންމެ ފުރަތަމަ އުއްޑުން އޮށޯންނާނީއެވެ. ބޮލާއި ކޮނޑަށާއި އަދި މައި ބަދައަށް ވާގިލުމަށް ފަހު އުނަގަނޑުން ތިރީބައި ކަނާތްފަރާތަކާއި އަދި ވާތް ފަރާތަށް ފަހަރަކު ފަރާތަކަށް އަނބުރާލާނީއެވެ. މި ކަސްރަތުންވެސް އުނގަނޑުގައި ރިހުމަށާއި އަދި މައިބަދައާއި ފައިގެ ތަދުތަކަށް ހައްލު ލިއްބައިދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް