ރައީސް ސޯލިހު އަމިއްލަ ދަތުރުފެއްގައި ދުބާއީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު...

04 Jan 2021 | 07:59

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މީޑިއާގައި ވިދާޅުވީ ރައީސް ދުބާއީއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި މި ދަތުރުފުޅަށް ފަހު މާދަމާ ރާއްޖެ ވަޑައިގެންނަވާނެ ކަމަށް ހޫދު ވިދާޅުވި އެވެ.

މި ދަތުރުފުޅުގައި ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވިކަމެއް ނޭނގެ އެވެ. މިއީ ކޯވިޑްގެ ލޮކްޑައުނަށް ފަހު ރައީސް ސޯލިހު ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރައީސް ސޯލިހު ތިން ފަހަރު ދުބާއީއަށް ވަޑައިގެންފައިވެ އެވެ. އޭގެ ތެރެއިން އެއް ފަހަރަކީ ރަސްމީ ދަތުރުފުޅެއްގައި  ކުރެއްވި ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް