މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެބްރުއަރީގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެމްއެންޔޫގެ ހުރިހާ ކެމްޕަހެއްގެ ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އެގޮތުން 100 އަށް ވުރެ ގިނަ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްއެންޔޫއިން ބުނެ އެވެ.
އެ މުއްދަތު ހަމަވާގޮތަށް ކުރިން އޮތީ މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ. މިހާރު އެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުެގ ރޭ 11:59 ގެނިޔަލަށެވެ.
އެމްއެންޔޫއިން ބުނީ ކޯސްތަކަށް އެދި ފޯމް ހުށަހަޅަން ޖެހެނީ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށް ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރުމަށް [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އެ ޔުނިވާސިޓީގެ އިއުލާނުގައިވެއެވެ.
ކޯސްތަކާ ބެހޭ މަޢުލޫމާތު /mv.edu.mnu.courses އިން ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް