ޗައިނާ އާއި އެކު ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުން ހެދި ފްރީ ޓްރޭޑް އެގްރިމެންޓަށް އިހުތިރާމު ނުކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބެމުން ދަނީ ދިވެހި މަސްވެރިންނަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ މޮރިޝަސް އާއި ޗައިނާ އާއި ދެމެދު ގާއިމްކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓްގެ ދަށުން 1.4 ބިލިއަން ޑޮލަރުގެ މާކެޓެއް ހުޅުވިފައިވާ ކަމަށް ވިދާޅުވެ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޒާން ލިޒޮން ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. މި ސަރުކާރުން ވަނީ ރާއްޖެއިން އެ އެގްރިމެންޓަށް އަމަލު ކުރަން ބޭނުން ނުވާކަމަށް ބުނެފައި އެވެ.
ޝިޔާމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެ އާއި މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ވާނީ ރައީސް ޔާމީންގެ ސަރުކާރުން ޗައިނާ އާއި އެކު ހެދި އެ އެގްރިމެންޓަށް އަމަލު ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހިން ބާނާ މަހާއި މަހުގެ އުފެއްދުންތައް ޒީރޯ ޓްރިފްގައި 1.4 ބިލިޔަން އަށް ޗައިނާއަށް އެކްސްޕޯޓް ކުރުމުން ހަމަ އަގު ލިބޭނެ ކަމަށެވެ.
https://twitter.com/Shiyamaldives/status/1345957944882434048
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް