އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރު މަރާމާތު ކުރުމުގެ މަސައްކަތްފަށަނީ

އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރެވެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މި މަސައްކަތް އެ މިނިސްޓްރީން ހަވާލުކޮށްފައިވަނީ ހަލީ...

04 Jan 2021 | 06:33

އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރެވެމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މި މަސައްކަތް އެ މިނިސްޓްރީން ހަވާލުކޮށްފައިވަނީ ހަލީފާ ފައުންޑޭޝަނާއި އެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލު ކުރީ 2019 ވަނަ އަހަރު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ދަށުން އިސްލާމީ މަރުކަޒުގެ އެތެރޭގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު އެ ފައުންޑޭޝަނުން ކުރަމުންދަނީ މަރުކަޒު ބޭރުގެ މަސައްކަތްތައް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މަރުކަޒުގެ ބޭރުގެ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން ގުއްބާއި މުންނާރު މަރާމާތު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތައް ބަލަހައްޓަމުން ދަނީ ކައުންސިލްތަކާއި ހަވާލުކޮށްގެން ކަމަށެވެ. އަދި މިސްކިތަތައް ހިންގުމާއި މަރާމާތަށް ބޭނުންވާ ބަޖެޓު 2019 ވަނަ އަހަރުން ފެށިގެން ހަމަޖައްސައިދެމުން އަންނަ ކަމަށެވެ.

އިސްލާމީ މަރުކަޒުގެ މަރާމާތާއި ގުޅޭގޮތުން މިނިސްޓްރީން މައުލޫމާތު ހާމަ ކުރީ އެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ އާއި މިސްކިތުގެ ބޭރު މަރާމާތުގެ ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް