މިޔަރު އުރަހަތައް އެންޒީ ފޮށިތަކެއްގައި، އެކަމަކު ބޭރުކުރަން އުޅުނީ އެ ކުންފުންޏަކުން ނޫން

ގަވައިދާ ހިލާފަށް އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަތަކަކީ އެންޒީ ކުންފުނިން ބޭރުކުރަން އުޅުނު ތަކެތި ނޫން ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ. އިއްޔެ އޭވިއޭޝަން ސ...

04 Jan 2021 | 06:17

ގަވައިދާ ހިލާފަށް އޮޅުވާލައިގެން ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަތަކަކީ އެންޒީ ކުންފުނިން ބޭރުކުރަން އުޅުނު ތަކެތި ނޫން ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

އިއްޔެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއިން ބޭރުކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވެ އެވެ. މި ތަކެތި ބަންދުކޮށްފައި ހުރީ 21 ފޮށިގަނޑެއްގައި އެވެ.

މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަހުގެ ބާވަތްތައް ބަންދުކޮށް ވިއްކާ އަމިއްލަ އެއް ކުންފުނި ކަމަށްވާ އެންޒީގެ ފޮށިތަކެއްގައި ގައެވެ.

ކަސްޓަމްސްއިން ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނީގެ ފޮށިތަކެއްގައި އެތަކެތި ބަންދުކޮށްފައި ހުއްޓަސް އެެއީ އެ ކުންފުނިން ރާއްޖެއިން ބޭރު ކުރަން އުޅުނު ތަކެތި ނޫންކަމަށެވެ. އެ ތަކެތި ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރު ކުރަން އުޅުނީ އެހެން ކުންފުންޏަކުން ކަމަށް ބުނެފައިވެ އެވެ.

https://twitter.com/CustomsMv/status/1345837453102383104

ކަސްޓަމްސްއިން ބުނީ އެތަކެތި ރާއްޖެއިން ބޭރު ކުރަން އުޅުނީ ލޮނުމަސް ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ކަމަށެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި މިޔަރުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަކީވެސް މަނާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް