ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.
މިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައި އެވެ. ފުލުހުން ބުނީ ހަމަލާގައި ޒަހަމްވެފައިވަނީ ބިދޭސީއެއް ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެމީހާއަށް ހަމަލާ ދިނުމަށް ފަހު ބިދޭސީ މީހާގެ ފޯނާއި ވޮލެޓު ފޭރިގެންފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެމިހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ފަހަކަށް އައިސް ބިދޭސީންނަށް ތޫނު އެއްޗެހިން ހަމަލާ ދިނުމުގެ މައްސަލަތައް ވަނީ އިތުރުވެފައި އެވެ. އެގޮތުން މިދިޔަ ތިން ހަފްތާގައި މާލޭގައި ބިދޭސީންނަށް ތޫނު އެއްޗެހިން ހަމަލާ ދީ ޒަހަމް ކޮށްލުމުގެ ހާދިސާތައް ހިނގާފައިވާއިރު މި މައްސަލަތަކުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް