ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ އިޝާން ކައްކަރާއި އަނަންޔާ ޕާންޑޭ އާ އަހަރު ރާއްޖޭގައި ފާހަގަ ކޮށްފި އެވެ.
އާ އަހަރު ފާހަގަ ކުރުމަށް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ދެ ތަރިން އެނބުރި ގައުމަށް ދިޔައީ ރޭގެ ވަގުތެއްގައި އެވެ. ރަސްމީކޮށް ދެމީހުންގެ ގުޅުމާއި ބެހޭގޮތުން ވާހަކަ ނުދެއްކިޔަސް އިޝާން އާއި އަނަންޔާ އަކީ ދެ ލޯބިވެރިންކަމަށް ބުނެ ވާހަކަ ދެކެވޭކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމީހުން ރާޢްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ ސަން ސިޔާމް އިރުވެލި ރިސޯޓުގައި އެވެ.
އިޝާން އާއި އަނަންޔާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިރު ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަގޮތަށް ނަގާފައިވާ ގިނަ ފޮޓޯތަކެއް އިޝާން އާއި އަނަންޔާގެ ރަސްމީ އިންސްޓްގާމްގައި އާންމުކޮށްފައިވެ އެވެ. ބައެއް ފޮޓޯތަކަށް މިލިއަނަކަށްވުރެ ގިނަ ލައިކް ލިބިފައި ހުއްޓެވެ.
އިޝާން އެންމެ ގަޔާވި ކަމަކަށް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު ކޯމަސް ބަލަން ކުރި ދަތުރެވެ. އަނަންޔާ އެންމެ ހިތްހަމަ ޖެހޭ ކަމަކަށްވީ ރާއްޖޭގެ ޗުއްޓީ ހޭދަ ކުރުމުން ހަންގަނޑުގެ ކުލަޔަށް އައި ބަދަލެވެ.
މި ދެތަރިން އެކުގައި އެންމެ ފަހުން ފެނުނު ފިލްމަކީ "ހާލީ ޕީލީ" އެވެ. ކޯވިޑް-19 އާއި ގުޅިގެން ފިލްމު ރިލީޒް ކޮށްފައިވަނީ މިދިޔަ އަހަރު އޮންލައިންކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް