އަދުގެ ޒުވާނުންގެ ހާލަތު 60 އަހަރު ކުރީގެ ހިންދީ ލަވަޔަކުން !

މިއީ ހުރިހާ ޒުވާނުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް މިއަދު ގިނަ ޒުވާނުންގެ ހާލަތު ހުރީ މި ބީދައިންނެވެ. ދުނިޔެއަށް ފޮނުވީތީ އުޅެމުންދަނީއެވެ. މީގެ 60 އަހަރު ކުރިން، 1961 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފ...

04 Jan 2021 | 01:57

މިއީ ހުރިހާ ޒުވާނުންގެ ވާހަކައެއް ނޫނެވެ. ނަމަވެސް މިއަދު ގިނަ ޒުވާނުންގެ ހާލަތު ހުރީ މި ބީދައިންނެވެ. ދުނިޔެއަށް ފޮނުވީތީ އުޅެމުންދަނީއެވެ.

މީގެ 60 އަހަރު ކުރިން، 1961 ވަނަ އަހަރު ރިލީޒްކުރި ހިންދީ ފިލްމު، "ހަމް ދޯނޯ" ގައި މުހައްމަދު ރަފީ ކިޔާފައިވާ "މޭ ޒިންދަގީކަ ސާތު ނިބާތާ ޗަލާގަޔާ" މި ލަވަ އަޑު އަހާލުމުން ސިފަ ވަނީ އަދުގެ ގިނަ ޒުވާނުންގެ ހާލަތެވެ. ޒުވާނުން ވެއްޓިފައިވާ ހިސާބެވެ.

ލަވައިގެ ޅެން އަދި މާނަ:

މައިގަނޑު: މޭ ޒިންދަގީކަ ސާތު ނިބާތާ ޗަލާގަޔާ، ހަރް ފިކްރް ކޯ ދުއޭމެ އުޅާތާ ޗަލާގަޔާ

މާނަ: ދުނިޔެއަށް ލެއްވީތީ، ހަޔާތެއް އޮތީތީ އަހަރެން ދިރިއުޅެމުން ދަނީއެވެ. ފިކުރުތަކާއި ކަންބޮޑުވުންތަކާއި މައްސަލަތައް އަހަރެންގެ ހަށިގަނޑުން މި ބޭރުކޮށްލަނީ (ސިނގިރޭޓުގެ) ދުމުންނެވެ.

ކަޑި: ބަރްބާދިޔޯނކަ ޝޯކް މަނާނާ ފިޒޫލު ތާ، ބަރްބާދިޔޯނކަ ޝޯކް މަނާނާ ފިޒޫލު ތާ، ބަރްބާދިޔޯނކަ ޖަޝްނު މަނާތާ ޗަލާގަޔާ. ހަރް ފިކްރް ކޯ ދުއޭމެ އުޅާތާ ޗަލާގަޔާ

މާނަ: ހަޔާތުގައި ދިމާވާ އަޑިގުޑަންތަކާއި ދިމާވާ ފެއިލިޔާތަކާ ފިކުރުކޮށް ހިތާމަކުރުމަކީ އަހަރެން ގަބޫލުކުރާގޮތުގައި ވަގުތު ބޭކާރު ކުރުމެވެ. އެހެންކަމުން އެ ފެއިލިޔާތައް އަހަރެން މިދަނީ ސެލެބްރޭޓު ކުރަމުންނެވެ. ފިކުރުތަކާއި ކަންބޮޑުވުންތަކާއި މައްސަލަތައް އަހަރެންގެ ހަށިގަނޑުން މި ބޭރުކޮށްލަނީ (ސިނގިރޭޓުގެ) ދުމުންނެވެ.

ކަޑި: ޖޯ މިލްގަޔާ އުސީކޮ މުކައްދަރު ސަމަޖުލިޔާ، ޖޯ މިލްގަޔާ އުސީކޮ މުކައްދަރު ސަމަޖުލިޔާ، މުކައްދަރު ސަމަޖު ލިޔާ.

ޖޯ ކޯގަޔާ އުސީކޯ ބުލާތާ ޗަލާގަޔާ، ހަރް ފިކްރުކޯ ދުއޭމެ އުޅާތާ ޗަލާގަޔާ.

މާނަ: އެއްޗެއް ލިބިއްޖެ ނަމަ، ކަމެއް ހާސިލުވެއްޖެ ނަމަ އަހަރެން ބަލަނީ އެއީ ތަގުދީރު ކަމަށެވެ. އެއްޗެއް ގެއްލިއްޖެ ނަމަ، އެއްޗެއް ނުވަތަ ކަމެއް ހާސިލުނުވެއްޖެނަމަ އަހަރެން އެ އެއްޗެއް ނުވަތަ ކަމެއް މަތިން ހަނދާން ނައްތާލަނީއެވެ. ފިކުރުތަކާއި ކަންބޮޑުވުންތަކާއި މައްސަލަތައް އަހަރެންގެ ހަށިގަނޑުން މި ބޭރުކޮށްލަނީ (ސިނގިރޭޓުގެ) ދުމުންނެވެ.

ކަޑި: ޤަމް އޮރް ޚުޝީމެ ފަރްކް ނަ މެހެސޫސު ހޯ ޖަހާނ. ގަމް އޮރް ޚުޝީމެ ފަރްކް ނަ މެހެސޫސު ހޯ ޖަހާނ، ނަ މެހެސޫސު ހޯ ޖަހާނ. މެއިނ ދިލްކޮ އުސް މުޤާމު ޕެ ލާތާ ޗަލާގަޔާ، ހަރް ފިކްރުކޯ ދުއޭމެ އުޅާތާ ޗަލާގަޔާ.

މާނަ: އުފަލާ ހިތާމައިގާ އަހަންނަކަށް މާ ބޮޑު ފަރަގެއް ނެތެވެ. އަހަރެން ކުރިއަށް މިދަނީ ދާނެ ދިމާއަކަށް ދާން ހިތާއި ލަގަން ދޫކޮށްލައިގެންނެވެ. ފިކުރުތަކާއި ކަންބޮޑުވުންތަކާއި މައްސަލަތައް އަހަރެންގެ ހަށިގަނޑުން މި ބޭރުކޮށްލަނީ (ސިނގިރޭޓުގެ) ދުމުންނެވެ.

https://www.youtube.com/watch?v=zUKIkIM34wE

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް