ދެ މީހުންނާއި އެކު ހާލުގައި ޖެހިފައިވާ މަސް ބޯޓެއް، "ކަނޑު ރޯދި" ނަމަކަށް ކިޔާ ކަންނެލި މަސް ދޯންޏަކަށް ފެނިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިރޭ 20:50 ހާއިރު ކަމަށެވެ. އަދި މި ދެ މީހުން ފެނިފައިވަނީ މިއަދު ހަވީރު 15:45 ހާއިރު ތުރާކުނުން 30 މޭލު ބޭރުން 25 ފޫޓުގެ މަސް ބޯޓެއްގައި އޮޔާ ދަނިކޮށް ކަމަށެވެ.
މި ދެ މީހުންގެ ހާލު ރަނގަޅުކަމަށް "ކަނޑު ރޯދި" ދޯނިން މައުލޫމާތު ދީފައިވާކަމަށާއި މި މަސް ބޯޓާއި މި މީހުންނަކީ ކޮން ޤައުމެއްގެ ބައެއްތޯ ބެލުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑައި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ދަނީ މިހާރު ކުރަމުން ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް