މިމަހުގެ 14 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ދެން އޮންނާނެ ތާރީހެއް އަންނަ ހަފްތާ ތެރޭގައި އިއުލާނު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އެ އިންތިހާބު ފަސް ކުރީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނަށް ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވޭކަމަށް ބުނެ ދެ މަސް ދުވަހަށް އިންތިހާބު ފަސް ކުރުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެ ދުމުން އެ ކޯޓުން އެގޮތަށް އަމުރު ކުރުމުންނެވެ. މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނާއި އެކު އިންތިހާބުގެ ތާރީހު ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި އެވެ.
އެ ބައްދަލުވުމަށް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ ހަފްތާގައި އިންތިހާބު ބޭއްވޭނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ. އަދި މިއަދުގެ ކޮމިޓީގެ ބައްދަލުވުމަކީ ކައުންސިލް އިންތިހާބުގެ ތާރީހެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.
މި ބައްދަލުވުމަށް ފަހު އެމްޑީޕީން ބުނެފައިވަނީ އަންނަ އެޕްރީލް މަހު ކައުންސިލް އިންތިހާބު ބާއްވާނެ ކަމުގެ ޔަގީންކަން އީސީން ދީފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް