އައްޑޫ ސިޓީ ހިތަދޫގައި އަންހެންކުދިންތަކެއް ދުއްވި ދެ ސައިކަލު އެކްސިޑެންޓް ވެއްޖެ އެވެ.
މި އެކްސިޑެންޓްގެ ހަބަރު، އައްޑޫގައި ހިންގާ ނޫހެއް ކަމުގައިވާ އައްޑޫ އޮންލައިންގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ އެ ރަށު ބޮޑުމަގުން ނައީމީ ސްޓޯރު ކުރިމަތިން ދުއްވާފައިދިޔަ ދެ ސައިކަލު ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގެ ސަބަބުން މީހަކަށް ގެއްލުންވިކަމެއް ނުވަތަ ނޫންކަމެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.
އެ ނޫހުގައި ވާގޮތުން އެކްސިޑެންޓުގައި އަނިޔާވި ކުދިން މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.
ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 29 އަހަރުގެ އަންހެނަކާއި، 24 އަހަރުގެ އަންހެނެއް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވި ކަމަށާއި އޭގެ ތެރެއިން 24 އަހަރުގެ އަންހެން މީހާއަށް ގެއްލުމެއް ލިބިފައި ނެތުމުން ހޮސްޕިޓަލުންވަނީ އޭނާ ދޫކޮށްލަފައި ކަމުގައި އެނޫހުގައި ބުނެފައި ވެ އެވެ.
އެހެންނަމަވެސް 29 އަހަރުގެ އަންހެންމީހާގެ ވާތުފައިވަނީ ބިނދިފައި ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވި ކަމަށާއި ހޮސްޕިޓަލުން މިހާރު ގެންދަނީ އޭނާއަށް ފަރުވާ ދެމުން ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވަން ޖެހިދާނެ ކަމަށްވެސް އޭނާ ވިދާޅުވިކަމުގައިވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް