އޭޕްރީލް މަހުގައި ކައުންސިލް އިންތިހާބު ބާއްވާނެކަމުގެ ޔަގީންކަން އީސީން ދޭ: އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބާއްވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ބުނެފި އެވެ. މީޑި...

04 Jan 2017 | 07:29

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބާއްވާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފައިވާކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީ އިން ބުނެފި އެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހު އަންނަހަފްތާގެ ތެރޭގައި އީސީން އިއުލާނުކުރާނެކަމުގައި ބެލެވޭ ކަމަށެވެ. އިންތިހާބު ބާއްވާނީ ކޮން އިރަކުކަން އެނގިގެން ދިއުމުން އެ ޕާޓީން އުފާކުރާ ކަމުގައިވެސް ނިޔާޒު ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވެފައިވަނީ އިންތިހާބު ބާއްވާނެ ތާރިހަކާއި ބެހޭގޮތުން ގައުމީ ލަފާދޭ ކޮމިޓީގައި މިއަދު މަޝްވަރާކޮށްފައިވާކަމަށާއި އަންނަ އާދީއްތަ ދުވަހު، ވަކި ތާރީހެއް އިއުލާނު ކުރެވޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ސަން އަށް ވިދާޅުވީ ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކާ ބެހޭގޮތުން އިންތިޚާބުތަކާ ގުޅޭގޮތުން ގައުމީ ލަފާދޭ ކޮމެޓީގައި މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އަންނަ އާދީއްތަ ދުވަހު އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާންކުރެވޭތޯ އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަކުރަމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް