އިންސާނުންގެ ހަށިގަނޑުން ސައެންސްވެރީން އައު ގުނަވަނެއް ހޯދައިފި، ނަމަކީ މެސެންޓަރީ

އިންސާނުންގެ ހަށިގަނޑުން ސައެންސްވެރީން އައު ގުނަވަނެއް ހޯދައިފި އެވެ. މި ގުނަވަނަށް ދީފައިވާ ނަމަކީ މެސެންޓަރީ އެވެ. މި ގުނަވަން ދެނެގަނެފައިވަނީ އަޔަލޭންޑްގެ ޔުނިވާސިޓީ ހޮސްޕިޓަލް ލިމެރިކްގެ ސައެންސ...

04 Jan 2017 | 02:35

އިންސާނުންގެ ހަށިގަނޑުން ސައެންސްވެރީން އައު ގުނަވަނެއް ހޯދައިފި އެވެ. މި ގުނަވަނަށް ދީފައިވާ ނަމަކީ މެސެންޓަރީ އެވެ.

މި ގުނަވަން ދެނެގަނެފައިވަނީ އަޔަލޭންޑްގެ ޔުނިވާސިޓީ ހޮސްޕިޓަލް ލިމެރިކްގެ ސައެންސްވެރިއެއްކަމުގައިވާ ޖޭ ކެލްވިން ކޮފޭ އެވެ. އޭނާ ބުނެފައިވާގޮތުގައި މިއީ އިންސާނާގެ ހަޖަމުކުރާ ނިޒާމުގެ ތެރޭގައި ހިމެނޭ ގުނަވަނެކެވެ.

މި ގުނަވަން ދެނެގަނެވިފައިވީނަމަވެސް މި ގުނަވަނުގެ ބޭނުމަކީ ކޮބައިކަން އަދި ދެނެގަނެވިފައިނުވާކަމުގައި އޭނާ ހާމަކޮށްފައި ވެ އެވެ. އޭނާ ބުނެފައިވަނީ މި ގުނަވަނުގެ ބޭނުން އެނގުމުން ބަލިތައް ދެނެގަތުމުގައްޔާއި ފަރުވާ ދިނުމުގައި ބޮޑެތި އިންގިލާބުތަކެއް ލިބިގެންދާނެ ކަމުގައި އެ ސައެންސްވެރިޔާ އާއި އޭނާގެ ޓީމުން ދެކެ އެވެ.

މި ގުނަވަން ދެނެގަތުމުގެ ކުރިން އިންސާނާގެ ހަށިގަނޑުން މިހާތަނަށް ދެނެގަނެވިފައިވާ ގުނަވަންތަކުގެ އަދަދަކީ 78 އެވެ. މި ގުނަވަން ދެނެގަނެވުމާއެކު އެ އަދަދު މިހާރު ވަނީ 79 އަށް ބަދަލުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް