ނިމިދިޔަ އަހަރު ސެމްސަންގް ކުންފުނިން އެއްމެ ފަހުން ނެރުނު އެ ކުންފުނީގެ ސްމާޓްފޯން ފްލެގްޝިޕް ނޯޓް 7 އަތަށް ގޮވުމާއެކު ދެން އެ ކުންފުނިން ނޯޓް ސީރީޒް އުފެއްދުން ހުއްޓާލީ ކަމުގައި ބެލެވުނެވެ. ނަމަވެސް މި އަހަރު ފަހުކޮޅު އެ ކުންފުނިން ނޯޓް 8 ނެރޭނެކަމުގައި މިވަނީ ބެލެވެން ފަށާފަ އެވެ.
ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި މުއުތަބަރު މަސްދަރުތަކަކާ ހަވާލާދީ ބުނެފައިވަނީ ނޯޓް 8 ނެރުމަށް ސެމްސަންގް އިން ތައްޔާރުވާން ފަށާފައިވާކަމަށާއި މި އަހަރުގެ ފަހުކޮޅު އެ އުފެއްދުން ލޯންޗް ކުރާނެ ކަމަށެވެ.
ނޯޓް 8 ނެރޭނެކަމުގައި ބެލެވެން ފަށާފައިވާއިރު އެ ކުންފުނިން މި އަހަރު ދެން ނެރޭނީ އެސް 8 އެވެ. މިއީ ނޯޓް 7 އަށް ދިމާވި ކަންކަން ހަނދާން ނައްތާލާނެ ވަރުގެ ފޯނަކަށް ވާނެކަމުގައި ސެމްސަންގުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް