ވެހިކަލްތައް ބޭނުންކޮށްގެން ސައުދީގައި އައު ކަމެއް ފަށައިފި އެވެ.
މިކަން ކުރާގޮތަކީ ވެހިކަލްތަކުގެ ހުސްޖާގަ ތަކަށް ގައު ފިޓްކޮށް މޮނިއުމެންޓެއްގެ ގޮތުގައި ވެހިކަލް ހަރުކޮށްލުމެވެ. ސައުދީ ރައްޔިތުން ބުނާގޮތުގައި މިއީ އާޓެކެވެ. އަދި މި އާޓް މިހާރުވަނީ ސައުދީގައި ޓްރެންޑް ވެފަ އެވެ.
ސައުދީގައި އަރަބިބަހުން މިކަމަށް ކިޔާ އުޅެނީ "ތަހްޖީރު" އެވެ. ސޯޝަލް މީޑިއާގައި މިފަދަ އެތައް ފޮޓޯއެއް އެނބުރެމުން އަންނައިރު އެމީހުން ހާމަކުރާގޮތުގައި މި ގޮތަށް ވެހިކަހަކަށް ގައު ފިޓްކުރަން 10 ވަރަހަށް ގަޑިއިރު ނަގަ އެވެ. އަދި މިއީ ވަރަށް ކަވި މަސައްކަތެއް ކަމަށާއި ކޮންމެ ކޮންމެ ބަޔަކަށް ކުރެވޭނެ ކަމެއް ނޫންކަމުގައިބުނެ އެމީހުން ޗެލެންޖް ކޮށްފައި ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް