އަދަބު ދިނުމުގެ ގޮތުން ކުޑަކުދިން ރަޖަމު ކުރުމާއި މަރުގެ ހުކުމް އިއްވައި އެ ހުކުމް ތަންފީޒު ކުރުމާއި އަތްފައި ކެނޑުންފަދަ އަމަލުތައް ހިންގުން ހުއްޓާލުމަށް އދ އިން ސައުދީ އަރަބިއްޔާ އަށް އަންގައިފި އެވެ.
އދގެ ކޮމިޓީ އޮން ދަ ހިއުމަން ރައިޓްސް އިން ނެރެފައިވާ ރިޕޯޓެއްގައިވާގޮތުން ސައުދީގައި އުމުރުން 15 އަހަރުގެ ކުދިންނަށް އެފަދަ އަދަބުތައް ދެވޭއިރު އދ ގެ މުއާހަދާތަކުގައިވާގޮތުން 18 އަހަރު ނުވާ ކޮންމެ ކުއްޖަކީ ކުޑަކުއްޖެއް ކަމުގައި ބަލާކަމުގައި ބުނެފައި ވެ އެވެ.
އެ ކޮމިޓީގެ ރިޕޯޓްގައި ވާގޮތުން އިއްޔެ ސައުދީގައި ދަންޖައްސާ މަރާލާފައިވާ 47 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެ އެވެ. އދ ގެ މި އެންގުން ސައުދީއަށް އަންގާފައިމިވަނީ މިކަމާއި ގުޅިގެން ކަމުގައި ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް