މިސްރުގައި ކޮރަޕްޝަންގެ އެހީގައި ހޯދާފައިވާ އަށް މިލިޔަން ޑޮލަރާއި ގާތް ކުރާ އަދަދަކަށް ފައިސާ އާއި ރަންރިހީގެ ގަހަނާއާއެކު މިސްރުގެ އިސް އޮފިޝަލަކު ހައްޔަރުކޮށްފި އެވެ.
މިސްރުގެ ސެކިއުރިޓީ ސާވިސް އިން ހާމަކޮށްފައިވާގޮތުގައި މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އަހްމަދު ޖަމާލް އަލް ދިން މުހައްމަދު އިބްރާހިމް އައްލަބަން ނަމަކަށް ކިޔާ މީހެކެވެ. މިސްރުގެ ސަރުކާރުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއަކީ ޕްރޮކިއުމެންޓް އެންޑް ސަޕްލައި ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމެވެ.
ކުރެވުނު ތުހުމަތުތަކަކާއެކު އޭނާގެ ގެ ބަލައި ފާސްކުރި އިރު 24 މިލިޔަން މިސްރު ޕައުންޑާއި ހަތަރު މިލިޔަން ޑޮލަރާއި ދެ މިލިޔަން ޔޫރޯ އާއި އެއް މިލިޔަން ސައުދީ ރިޔާލްގެ އިތުރުން ރަންރިހިން ބަރާކޮށްފައިވާ ފޮށިތަކެއް ވަނީ ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް