މިސްރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އިސް ގާޒީއަކު އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

މިސްރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އިސް ގާޒީއަކު ޖަލުގައި އަމިއްލައަށް ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ. ވާއިލް ޝަލަބީ ނަމަކަށްކިޔާ މި ގާޒީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ އަޑުތައ...

04 Jan 2017 | 01:45

މިސްރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އިސް ގާޒީއަކު ޖަލުގައި އަމިއްލައަށް ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.

ވާއިލް ޝަލަބީ ނަމަކަށްކިޔާ މި ގާޒީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ އަޑުތައް ފެތުރުނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެކަމާއި ގުޅިގެން ގާޒީކަމުން އޭނާ އިސްތިއުފާ ދިން ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ތަހުގީގެއް ފަށާފަ އެވެ.

ދަންޖެހިގެން އަމިއްލައަށް މަރުވި ގާޒީގެ ވަކީލު ބުނެފައިވަނީ ޖަލު ގޮޅީގައި އޭނާގެ މުވައްކިލް މަރުވީ އޭނާ ގެންގުޅޭ ބޮލުފޮތިގަނޑެއް ބޭނުންކޮށްގެން ކަމަށެވެ. ތަހުގީގުގައި ކުރިމަތިކުރުވާ ސުވާލުތަކުންނާއި ތަހުގީގު ކުރިއަށްދާގޮތުން އޭނާގެ މުވައްކިލްގެ ސިކުނޑީގެ ހާލަތު ދަށްވެފައިވާކަމުގައިވެސް ވަކީލު ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް