މެދުއިރުމަތީގެ ގައުމުތަކުގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށްޓަކައި އައިއެސް ޖަމާއަތުން މަސައްކަތް ކުރަމުން އަންނައިރު އަދި އެ ހިލާފަތު ނައްތާލުމަށް އިރާގުން ހަނގުރާމަކުރަމުން އަންނައިރު ނިމިދިޔަ އަހަރު އެކި ހަމަލާތަކުގައި އާއްމުންގެ 6878 މީހަކު މަރުވެފައިވާކަމުގައި އދ އިން ހާމަކޮށްފި އެވެ.
އދ އިން މި މައުލޫމާތު އާއްމުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އދ އިން ހާމަކޮށްފައިވާގޮތުގައި އެ އަދަދު މުޅިން ކަށަވަރު ނުވި ނަމަވެސް އެ އަދަދަކީ ލިބިފައިވާ ތަފާސް ހިސާބުތަކުގެ މައްޗަށް ބަލައި އިއުލާނުކޮށްފައިވާ އަދަދެކެވެ.
މިދިޔަ އަހަރު އިރާގުގައި އާއްމުންގެ ހަ ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމުގައި އދ ހާމަކޮށްފައިވާއިރު އދ އިން ހާމަކޮށްފައިވާގޮތުގައި އެކި އެކި ހަމާލގައި ޒަހަމްވި މީހުންގެ އަދަދު މިދިޔަ އަހަރު އުޅެނީ 12 ހާހަށްވުރެ މަތީގަ އެވެ.
އދ ގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެކި ހަމަލާތަކުގައި މިދިޔަ އަހަރު މަރުވި މީޙުންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު މަދުކަން ފާހަގަކުރެވެ އެވެ. 2015 ވަނަ އަހަރު އެކި ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދަކީ އދ އިން ހާމަކޮށްފައިވާގޮތުގައި 7515 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް