ނިމިދިޔަ އަހަރު ޖުލައި މަހު ތުރުކީއަށް ގެންނަން އުޅުނު ބަގާވާތަކާއި ގުޅިގެން އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، އެ ކުއްލި ހާލަތު އިތުރު ތިން މަހަށް ދަމަހައްޓަން އެ ގައުމުގެ ޕާލަމެންޓުން ނިންމައިފި އެވެ.
ޖުލައި މަހުގައި އިއުލާނުކުރި ކުއްލި ހާލަތު މި މަހުގެ 19 އަށް ހަމަވާނެ އެވެ.
އެގައުމުގައި ކުއްލި ހާލަތުގެ މުއްދަތު އިތުރު ކޮށްފައިމިވަނީ އައު އަހަރު ފާހަގަކުރުމަށް ނައިޓް ކްލަބެއްގައި ބޭއްވި ޕާޓީއަކަށް ބަޑިން ހަމަލާދީ 39 މީހަކު މަރާލާފައިވަނިކޮށެވެ. އަދި ޖުލައި މަހު ގެންނަން އުޅުނު ބަގާވާތަށްފަހު އެ ގައުމުގައި ޓެރަރިޒަމްގެ އަމަލުތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް