ފިޖީއަށް އައި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ދީފި

ރޭ ރާއްޖޭގަޑިން ދަންވަރު ވަގުތެއްގައި ފިޖީއަށް ބާރުގަދަ ބިންހެލުމެއް އައުމުން އެގައުމުގައި ސުނާމީގެ އިންޒާރު ދީފިއެވެ. ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ އިން ހާމަކޮށްފައިވާގޮތުގައި ފިޖީއަށް އައިސް...

04 Jan 2017 | 01:06

ރޭ ރާއްޖޭގަޑިން ދަންވަރު ވަގުތެއްގައި ފިޖީއަށް ބާރުގަދަ ބިންހެލުމެއް އައުމުން އެގައުމުގައި ސުނާމީގެ އިންޒާރު ދީފިއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ އިން ހާމަކޮށްފައިވާގޮތުގައި ފިޖީއަށް އައިސްފައިވަނީ 6.9 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. ނަމަވެސް ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ހާމަކޮށްފައިވާގޮތުގައި ފިޖީއަށް އައީ 7.0 މެގްނިޓިއުޑްގެ ބިންހެލެމުކެވެ. މިއާއެކު ބިންހެލުން އައި ސަރަހައްދުގެ 300 ކިލޯމީޓަރުގެ ސަރަހައްދަކަށް ސުނާމީއެއް އުފެދިދާނެކަމުގައި ސުނާމީ ވާނިން ސެންޓަރުން ވަނީ ބުނެފަ އެވެ.

މި ބިންހެލުމާއެކު ފިޖީގައި ސުނާމީގެ އިންޒާރު ނެރެފައިވާއިރު ރޭގެ އެކިވަގުތުގައި ދެތިން ބިން ހެލުމެއް އެ ސަރަހައްދަށް އައިސްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް