ފިންގަޕްރިންޓާއި ފޭސް ރެކޮގްނިޝަން، އެއް ސިސްޓަމެއްގެ ތެރެއަށް – ޓެކްނޮލޮޖީ އަށް އިންގިލާބެއް

ސްމާޓް ފޯނުތަކުގައްޔާއި ލެޕްޓޮޕްތަކުގައި ފިންގަޕްރިންޓް ޓެކްނޮލޮޖީ އާއި ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީއަކީ އައު ޓެކްނޮލޮޖީތަކެއް ނޫނެވެ. ނަމަވެސް މިވީހާދުވަހު މި ދެ ޓެކްނޮލޮޖީ މަސައްކަތްކޮށްފައިވަނީ ވަކ...

03 Jan 2017 | 22:27

ސްމާޓް ފޯނުތަކުގައްޔާއި ލެޕްޓޮޕްތަކުގައި ފިންގަޕްރިންޓް ޓެކްނޮލޮޖީ އާއި ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީއަކީ އައު ޓެކްނޮލޮޖީތަކެއް ނޫނެވެ. ނަމަވެސް މިވީހާދުވަހު މި ދެ ޓެކްނޮލޮޖީ މަސައްކަތްކޮށްފައިވަނީ ވަކި ވަކިންނެވެ. ވަކި ވަކި ހާޑްވެއާ ބޭނުންކޮށްގެންނެވެ. ނަމަވެސް މި ފެށުނު އައު އަހަރާއެކު އައު ޓެކްނޮލޮޖީތައް ވުޖޫދަށް ގެންނަން ފަށާފައިވާއިރު ސެންސަރ އުފައްފާ ކުންފުންޏެއް ކަމުގައިވާ ސިނެޕްޓިކްސް މިވަނީ މި ދެ ޓެކްނޮލޮޖީ އެއް ހާޑްވެއާއެއްގެ ތެރެއަށް ގެނެސްފަ އެވެ.

މި ދެ ޓެކްނޮލޮޖީ ދެ ހާޑްވެއާގައި ބޭނުންކުރާތީ ފޯނު އުފައްދާ ކުންފުނިތަކާއި ލެޕްޓޮޕް އުފައްދާ ކުންފުނިތަކުން ގިނައިން ހިޔާރު ކުރަނީ ކޮންމެވެސް އެއް ޓެކްނޮލޮޖީ އެކެވެ. ނަމަވެސް ސިނެޕްޓިކްސް އިން އަލަށް އީޖާދު ކުރި މި ހާޑްވެއަރ އާއެކު ދެ ޓެކްނޮލޮޖީ އެއްފަރާ ބޭނުންކުރުމުގެ ފުރުސަތު ފޯނު އަދި ލެޕްޓޮޕް އުފައްދާ ކުންފުނިތަކަށް ލިބިގެންދާނެކަމުގައި ސިނެޕްޓިކްސް އިން ހާމަކުރެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ 2016 ވަނަ އަހަރު، ފޭސް ރެކޮގްނިޝަން ޓެކްންލޮޖީ އަށްވުރެ ގިނައިން ބޭނުންކޮށްފައިވަނީ ފިންގަޕްރިންޓް ޓެކްނޮލޮޖީ އެވެ. ނަމަވެސް ސިނެޕްޓިކްގެ މި އީޖާދާއެކު 2017 ވަނަ އަހަރު ފޭސް ރެކޮގްނިޝަން ޓެކްނޮލޮޖީ ގިނަ އުފެއްދުންތަކަކުން ފެނިގެން ދިއުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް