ކެޕޭސިޓީގެ ގޮތުން އެއްމެ ބޮޑު ޕެންޑްރައިވް ކަމުގައިވާ "ކިންގްސްޓަން ޑާޓާ ޓްރެވެލަރ އަލްޓިމޭޓް ޖީޓީ" އާއްމުކޮށް ދައްކާލައިފި އެވެ. ބުނެވޭގޮތުގައި މިއީ މިހާތަނަށް އުފެއްދި އެއްމެ ކެޕޭސިޓީ ބޮޑު ޕެން ޑްރައިވް އެވެ.
މި ޕެންޑްރައިވްގެ ދެ މޮޑެލް އެއް އުފައްދާފައިވާއިރު އެއް މޮޑެލް އަކީ އެއް ޓީބީގެ ޕެން ޑްރައިވް އެކެވެ. އަނެއް މޮޑެލް އަކީ ދެ ޓީބީގެ ކެޕޭސިޓީ އެކުލެވޭ ޕެން އެކެވެ.
އާއްމުކޮށް ބޭނުންކުރާ ޕެން ޑްރައިވްތަކާ އެއް ސައިޒަކަށް އުފައްދާފައިވާ މި ޕެންޑްރައިވްގެ ކަވަރ ހަދާފައިވަނީ ޒިންކުންނެވެ. ބޭނުންކޮށްފައިވަނީ އޫއެސްބީ 3.1 އެޑެޕްޓަރ އެކެވެ. މި ޕެން ޑްރައިވް އަންނަ ފެބްރުއަރީ މަހު ވިއްކަން ފަށާނެކަން އިއުލާނު ކޮށްފައިވީނަމަވެސް ވިއްކަން ފަށާ ތާރީހު އަދި ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް