މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެގެ ވަގުތެއްގައި މާލޭ މަގުމަތިން ހަ ލައްކައެއްހާ ރުފިޔާ ފޭރިގެންފި އެވެ. މި ފައިސާ ފޭރިގެންފައިވަނީ ރެއިންބޯ ހެޑް އޮފީހަށް މީހަކު ފައިސާ ހިފައިގެން ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ސައިކަލުގައި ގޮހެވެ.
ފުލުހުން ބުނީ އިއްޔެ ހެނދުނު 10:00ގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށާއި އަދި މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ. އަދި މި މައްސަލައިގާ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ބައެއް މީޑީއާތަކުގައިވާގޮތުން އެކަން ހިނގާފައިވަނީ އަލިކިލެގެފާނު މަގުގައި ހުންނަ ރެއިންބޯ ހެޑް އޮފީހަށް ފައިސާ ގެންދިއުމުގެ ތެރޭގަ އެވެ. އެއީ ރެއިންބޯ މޯލްއަށް ލިބުނު ފައިސާ ކަމަށާއި އެ ފައިސާ ހިފައިގެން ދެމީހަކު ސައިކަލެއްގައި ދަނިކޮށް ފޭރިގަތީ ލިލީމަގާއި ޑޭސީމަގު ގުޅޭ ކަންމަތިން ކަމަށާއި ފައިސާ ފޭރުނީ މޫނު ނިވާކޮށްގެންތިބި ދެމީހަކު ސައިކަލެއްގައި ގޮސް އަނެއް ސައިކަލުގައި ޖައްސާ ސައިކަލު ވައްޓާލައިގެން ކަމުގައިވެސް ބައެއް ފަރާތްތަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް