ސަރުކާރާއި ރައްޔިތުން ހިއްސާވާ ދިވެހި ބޭންކް ބޭންކް އޮފް މޯލްޑިވްސް އިން ދޭ ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކޮށްފި އެވެ.
ބީއެމްއެލްއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދެން އެ ކުންފުނީގައި ހުޅުވާ ދިވެހި ރުފިޔާ އެކައުންޓް ހުޅުވުމަށާއި ޑޮލަރު އެކައުންޓް ހުޅުވުމަށް ނަގާ ފީ ބޮޑު ކުރަން ނިންމާފައިވާކަމަށެވެ.
ދެން ރުފިޔާ އެކައުންޓެއް ހުޅުވައިދޭނީ އެކައުންޓްގައި މަދުވެގެން 200 ރުފިޔާ ހުންނަ ނަމައެވެ. އަދި ޑޮލަރު އެކައުންޓެއް ހުޅުވައިދޭނީ އެކައުންޓުގައި 50 ޑޮލަރު އިންނަނަމަ އެވެ.
އޭގެ އިތުރުން ބޭންކުން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ ކުންފުނިން ވަނީ ނިންމާފައި އެވެ. އެގޮތުން މުއާމަލާތް ނުކުރާ ރުފިޔާ އެކައުންޓްތަކުން މަހަކު 50ރ. އަދި ޑޮލަރު އެކައުންޓުން ތިން ޑޮލަރު ޗާޖުކުރާނެ އެވެ. މީގެ އިތުރުން ރުފިޔާ އެކައުންޓްގެ ޗެކް ފޮތް ދޫކުރާއިރު
ކޮންމެ ގަނޑަކަށް ރުފިޔާއެއް އަދި ޑޮލަރު އެކައުންޓްގެ ޗެކް ފޮތުގެ ކޮންމެ ގަނޑަކަށް 0.10 ސެންޓް
ޗާޖުކުރާނެ ކަމަށް ބުނެފައިވެ އެވެ.
އެ ބޭންކުން ވަނީ މި އަހަރުގެ މާޗް މަހުން ފެށިގެން ކައުންޓަރުތަކުން ރުފިޔާ ޖަމާކޮށް ނުވަތަ ނަގާ ނަމަ10،000
ރ. އަށް ވުރެ މަދު އަދަދެއް ނަމަ ފަސް ރުފިޔާ އަދި 640 ޑޮލަރަށް ވުރެ މަދު ނަމަ ކޮންމެ ޓްރާންސެކްޝަނަކަށް އެއް ޑޮލަރު ނަގާ ގޮތަށް ހަމަޖައްސައިފަ އެވެ.
މައުލޫމާތު ލިބޭގޮތުގައި މިގޮތަށޤ ބަދަލު ގެނައީ ބޭންކުގެ ބްރާންޗުތަކުން ހިދުމަތް ހޯދަން ދާ މީހުންގެ އަދަދު މަދުކުރުމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ބޭންކުން ވަނީ ފައިސާ ޖަމާކުރެވޭ އޭޓިއެމްގެ ހިދުމަތް ދޭން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް