ޑިފެންސް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބާއި ހަވާލު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި އެވެ. މުއާޒު ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޓުރިޒަމް މިނިސްޓާ އަހުމަދު އަދީބާއި ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
https://twitter.com/SpokespersonMV/status/551678529247514624
ޑިފެންސް މިނިސްޓްރީގެ ހިންގުން އަދީބާއި ވަގުތީ ގޮތުން ހަވާލު ކުރެއްވީ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުންނެވެ. އޭނާ އެނބުރި ވަޑައިގެންނާނެ ދުވަހެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.
ޑިފެންސް މިނިސްޓްރީގެ ހިންގުން ޓުރިޒަމް މިނިސްޓްރާއި ވަގުތީ ގޮތުން ހަވާލު ކުރެއްވި އިރު ހެލްތް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމާއި އެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ހެލްތް މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން އިސްލާމިކް މިނިސްޓާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ހަވާލު ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް