މިއުޒިކީ އާލަމުން ނުކުތުމަށް މިހާރަށްވުރެ ބޮޑަށް ސަރުކާރުން ވިސްނަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
މިފަހަކަށް އައިސް ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މިއުޒިކް ޝޯތަކާއި ގުޅޭގޮތުން އަނާރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅޫވެފައިވަނީ މިއުޒިކީ އާލަމުން ނުކުތުމަށް އަދުގެ ސަރުކާރުން ފުންކޮށް ވިސްނަން ޖެހޭކަމަށް އެކަމަނާއަށް ފެންނަ ކަމަށެވެ. އަނާރާ ވަނީ އިތުރު ޓުވީޓެއްގައި ވަނީ ދިވެހި ރައްޔިތުންނަށް ތެދު މަގު ދެއްކެވުމަށް އެދި ދުއާކުރައްވާފައި އެވެ.
https://twitter.com/AnaraNaeem/status/551623493217820672
ސަރުކާރުން އިންތިޒާމްކުރާ ޝޯތަކާއި ގުޅޭގޮތުން އަނާރާ އެއްޗެއް ވިދާޅޫވި އިރު ިދިޔަ ހުކުރު ދުވަހު އެކަމަނާ ނިސްބަތްވާ އަދާލަތު ޕާޓީން ވެސް ވަނީ އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން މުނިފޫހިފިލުވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ގޮވާލާފައި އެވެ.
މީލާދީ އާ އަހަރު ފާހަގަ ކުރުމަށޤ ސަރުކާރުން ދައުވަތިދީގެން ރާއްޖެ ގެނައި ބައެއް މިއުޒިކީ ފަންނާނުން ރާއްޖެ ގެނައުމާ ދެކޮޅަށް ބައެއް ފަރާތްތަކުން ވަނީ ފާޅުގައި ދެކޮޅު ހަދާފައި އެވެ. އހެން ނަމަވެސް އެކަމަށޤ ސަރުކާރުން ބީރު ކަންފަތެއް ދީފައިވުމުން އަނާރާ ވިދާޅުވީ މަދު ބަޔަކު ހިތްހަމަ ނުޖެހޭނަމަވެސް އެކަމާ ސަރުކާރުން ވިސްނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ނެ ކަމަށެވެ.
މީލާދީ އާއަހަރު ފާހަގަ ކުރުމަށް ބޭއްވި ޝޯގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ރޭ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ނަމުގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ޓުރިޒަމް މިނިސްޓާ އަހުމަދު އަދީބުގެ ދައުވަތަކަށް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް