ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުސްލިމް ވޯލްޑް ލީގްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢާދިލް ބިން ޢަލީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލު ކުރެއްވުމުގައި މުސްލިމް ވޯލްޑް ލީގްގެ ފަރާތުން އެކި ގައުމުތަކުގައި ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ޑރ އާދިލް ރައީސް ޔާމީނަށް އެރުވި އެވެ. އެގޮތުން، އިސްލާމީ ތަޢުލީމާއި، ޤުރުއާނުގެ ޢިލްމާއި، ކީރިތި ރަސޫލާގެ ސީރަތުގެ ދާއިރާތަކުން މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަފުޅުދެއްކެވި އެވެ.
އަދި، އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މައުލޫމާތު ޑރ ޢާދިލް ބިން ޢަލީ އޮޅުންފިލުއްވި އެވެ.
އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް