ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަޤާމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އިންތިޚާބުކޮށްފިއެވެ.
ނައިބުރައީސްގެ މަޤާމަށް ސަލީމް އިންތިޚާބުކޮށްފައިވަނީ މިރޭ ވޯޓުގައެވެ. މެންބަރުންގެ މެދުގައި ނެގުނު އެ ސިއްރު ވޯޓުގައި، ސަލީމާ ވާދަކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ.
ވޯޓުގައި ސަލީމަށް 51 ވޯޓު ލިބިލެއްވިއިރު ޖާބިރަށް ލިބިލެއްވީ 23 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހަށް އާ ނައިބުރައީސަކު މިރޭ އިންތިޚާބުކޮށްފައިމިވަނީ ނައިބުރައީސްގެ މަޤާމުގައި ހުންނެވި އީވާ މިއަދު އެ މަގާމުން އިސްތިޢުފާ ދިނުމާއި ގުޅިގެން އެ މަޤާމު ހުސްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް