ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސްކަން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކާމިޔާބުކުރެއްވިކަން އެ ޕާޓީން އިއުލާނުކޮށްފިއެވެ.
އިއްޔެ ބޭއްވި އެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އެ ޕާޓީން އިއުލާނުކޮށްފައިވާއިރު އިންތިހާބުގައި ހަސަން ލަތީފަށް 1704 ވޯޓު، އަމްރުއަށް 1300 ލިބުނު ކަން އިއުލާނުކުރިއެވެ.
މި އިންތިހާބުގައި އެޕާޓީގެ 5،888 މެންބަރުންގެ ތެރެއިން 3،209 މީހަކު ވޯޓުލާފައިވާކަމަށް އެ ޕާޓީން ބުނެއެވެ. އަދި މިއީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި މިހާ ބޮޑު އިންސައްތައެއްގެ މެންބަރުން ވޯޓު ލި ފުރަތަމަ ފަހަރު ކަމަށްވެސް އެ ޕާޓީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް