ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ޤައުމުން އެއްބަސްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ކޮޕް ސަމިޓަށްފަހު ރާއްޖެވަޑައިގެން މިއަދު ދެއްވި ޕްރެސް ކޮންފަރެންސްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ ސިފައިން އަނބުރާ ގެންދަން މަސައްކަތް ކުރަނީ ޑިޕްލޮމެޓިކް އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށާއި ދެ ގައުމުންވެސް އެކަމަށް އިހްތިރާމް ކުރާ ކަމަށެވެ.
ކޮޕް ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައި ބައެއް ކަންކަމާ މަޝްވަރާ ކުރެއްވިއެވެ.
އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި ހަމަ އެހެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ފައްޓަވާނެކަން އެމަނިކުފާނުގެ 100 ދުވަހުގެ މެނިފެސްޓޯ "ހަފްތާ14" ގައި ހިމަނާ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތްޕުޅުވެސް ފެއްޓެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް