ޚުޠުބާ ހަމަ އެކަނި ދިވެހި ބަހުން، ލައިވް ތަރުޖަމާ އިނގިރޭސި ސަބްޓައިޓަލްގެ ގޮތުގައި ގެނެސްދޭން ނިންމައިފި

ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ޚުޠުބާ ހަމައެކަނި ދިވެހި ބަހުން ކުރިއަށްގެންދަން ނިންމައި،  ޚުޠުބާގެ ލައިވް ތަރުޖަމާ ސަބްޓައިޓަލް އިނގިރޭސިބަހުން ގެނެސްދޭން ނިންމައިފިއެވެ. މިކަން ހާމަކުރައްވަމުން އި...

03 Dec 2023 | 06:35

ރާއްޖޭގެ މިސްކިތްތަކުގައި ހުކުރު ޚުޠުބާ ހަމައެކަނި ދިވެހި ބަހުން ކުރިއަށްގެންދަން ނިންމައި،  ޚުޠުބާގެ ލައިވް ތަރުޖަމާ ސަބްޓައިޓަލް އިނގިރޭސިބަހުން ގެނެސްދޭން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓް ބައްދަލުވުމުގައި ޚުޠުބާގެ ކަންކަމުގައި މަޝްވަރާކުރުމަށްފަހު ނިންމުންތަކެއް ނިންމާފައިވާކަމަށެވެ.

އެގޮތުން ނިންނި ނިންމުންތަކުގެތެރޭގައި، ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާ ކުރިއަށްގެންދާނީ ދިވެހި ބަހުން ކަމަށް ނިންމުމާއި ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެގޮތް ހަދަން ނިންމި ކަމަށް ވިދާޅުވެފައިވެއެވެ.

"އަދި ލައިވްކޮށް އިނގިރޭސިބަހުން ސަބްޓައިޓަލް އަރާގޮތަށް ހަދާނެ، އިޝާރާތުގެ ބަހުންވެސް ޚުޠުބާ ލައިވްކޮށް ގެނެސްދެވޭތޯ ބަލާނެ، އަދި ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖްތިމާޢީ މަކާރިމުލްއަޚުލާޤަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޤައުމުތަކުގެ އިދާރާތަކާގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފަށާނެ" ވަޒީރު ވިދާޅުވެފައިވެއެވެ.

މި ނިންމުންތައް އެ ވުޒާރާއިން ނިންމާފައިވާއިރު މާލޭގެ މިސްކިތެއްގައި އިނގިރޭސި ބަހުން ޚުޠުބާ ގެންނަން ފެނޭތޯ އާންމުންގެ ޚިޔާލަށް ވަޒީރު މިދިޔަ ހުކުރު ދުވަހު ހުޅުވައިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް