ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށުން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކުރަމުން ފުލުހުން ދެންމެ ބުނެފައިވަނީ، ފެނިފައިވަނީ އެ ރަށު ކުނިގޮނޑުން ކަމަށާއި އެކަމުގެ މަޢުލޫމާތު ލިބިފައިވަނީ 09:20 ހާއިރު ކަމަށެވެ.
"ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ކުއްޖާގެ ފުރާނަ ނެތްކަން ޑަކުޓަރު ކަށަވަރުކޮށްދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް