ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
ނައިބުރައީސްކަމުން އީވާ އިސްތިޢުފާ ދެއްވާފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގާ ޖަވާބުދާރީވުމަށްފަހުގައެވެ.
އިސްތިޢުފާގެ ސިޓީ ރިޔާސަތަށް އީވާ ވަނީ ފޮނުއްވާފައެވެ.
އީވާ އެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާއިރު ހަމަ އެ މޭރުމުން އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން އިސްތިޢުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް