އައްޑޫ ސިޓީގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި އެ މާރާމާރީގައި އުމުރުން 30 އަހަރުގެ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ދީފައިވެއެވެ. އަނިޔާވި މީހާއަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން އަންނައިރު ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އެއީ އުމުރުން 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި އަދި 23 އަހަރުގެ މީހެއް ކަމަށާއި އެ ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އައްޑޫގައި ގްރޫޕްތަކުގެ މެދުގައި މަސްރަހު ގޯސްވެފައިވާއިރު ފުލުހުން އަންނަނީ އެ ސިޓީގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް