ވޯލްޑް ކަޕުން ކެޓީމަ، ކަވާނީގެ ރުޅިގަނޑު ބޭލީ ޓަނެލް ތެރޭގައިހުރި ވީއޭއާރް މޮނިޓަރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ގާނާއަތުން މޮޅުވި ނަމަވެސް މީގެ ކުރިން ދެފަހަރެއްގެ މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ މި ފަހަރުގެ ވޯލްޑް ކަޕު...

03 Dec 2022 | 15:01

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ގާނާއަތުން މޮޅުވި ނަމަވެސް މީގެ ކުރިން ދެފަހަރެއްގެ މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭ މި ފަހަރުގެ ވޯލްޑް ކަޕުން ކެޓީ ޕޯޗުގަލްގެ މައްޗަށް 1-2 އިން ދެކުނު ކޮރެއާ ކުރި ހޯދުމުންނެވެ.

ގާނާއާއި ދެކޮޅަށް ގުރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗަށް ފަހު، އުރުގުއޭއިން ވަނީ އެ މެޗުގައި ރެފްރީންގެ ނިންމުންތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މެޗުގެ ފަހު ކަށިގަނޑުގެ އަޑާއި އެކު އުރުގުއޭ ޓީމުން ވަނީ ރެފްރީން ގާތައް ގޮސް ވަރަށް ބޮޑަށް މެޗުގެ ނިންމުނަތައް ގޯސްކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. އަދި މީގެ އިތުރުން އުރުގުއޭ ޓީމުން ވަނީ މެޗުގައި ރެފްރީންގެ ނިންމުންތަށް ނިންމީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ ރެފްރީންގެ ޕެނަލްއަށް ވެސް މައްސަލަ ހުށައަޅާފައެވެ.

އުރުގުއޭއިން މި މެޗުގައި އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން ފަޅުކުރީ މެޗުގެ ފަހު ވަގުތު ގާނާ ކުޅުންތެރިން އެޓީމުގެ ޕެނަލްތީ އޭރިއާ ތެރެއިން ކަވާނީއަށް ކުރި ފަުލަކަށް ލިބެން ޖެހޭ ޕެނަލްޓީއެއް ނުދިންކަމަށް ބުނެއެވެ.

އުރުގުއޭގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިން ގެ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަން މި މެޗަށް ފަހު ފެނިގެން ދިޔައިރު، އުރުގުއޭގެ ފޯވާޑް ކަވާނީ ވަނީ އެ ރުޅިމަތީގައި ޑްރެސިންރޫމަށް ދިއުމަށް ދިޔަ މަގުމަތީގައި ޓަނެލްތެރޭގައި ބަހައްޓާފައި ހުރި ވީއޭއާރު މޮނިޓަރެއްގައި އަތުން ޖަހާ ބިންމައްޗަށް ވައްޓާލާފައެވެ.

މި މައްޒަރުތައް ފެންނަ ބައެއް ވިޑިއޯ ފުޓޭޖްތަކާއި ބައެއް ފޮޓޯތައް ވެސް މިހާރު ސޯޝަލް މިޑިއާގައި އާންމުވެފައިވާއިރު، މި ވީޑިއޯއާއި ފޮޓޯތަކުން ކަވާނީ ރުޅި ގަދަވެ، އެނާގެ އަތައް ލެވުނުހާ ބާރެއް ލާ ވީއޭރާރު މޮނީޓަރުގައި އަތުން ޖަހާ މިނީޓަރު ބިންމައްޗަށް ވައްޓާލާ މަންޒަރު ފެނެއެވެ. އަދި އޭގެ ފަހުން ކަވާނީ ވަރަށް ބާރަށް ހަޅޭއްލަވާމަންޒަރުވެސް މި ވީޑިއޯ ފުޓޭޖްތަކުން ފެނެއެވެ.

ރޭގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައ އުރުގުއޭ ގަނާއާއި ދެކޮޅަށް ކުޅުނު މެޗު އެޓީމުން ކާމިޔަބު ކުރީ0-2 ގެ ނަތީޖާއިންނެވެ. މި ނަތިޖާއިން މޮޅުވި ނަމަވެސް ކޮރެއާ ޕޯޗުގަލް އަތުން 1-2 އިން މޮޅުވުމުން ދެ ޓީމަށްވެސް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ދެ ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވުމުން ލަނޑުގެ ތަފާތަށް ބަލާއިރު، ދެ ޓީމުގެ ލަނޑުގެ ތަފާތު ވެސް އެއްވަރުވެ (0)، ހެޑް-ޓު-ހެޑް ނަތީޖާ (ދެ ޓީމު ކުޅުނު މެޗު) ވެސް އެއްވަރުވުމުން، ސައުތު ކޮރެއާއަށް ކުރި ލިބުނީ އުރުގުއޭ އަށްވުރެ ޖެހި ލަނޑު އިތުރުވުމުންނެވެ.

https://youtu.be/qgOtn18aCO8

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް